ކޯވިޑް-19: މާލޭގެ މާރުކޭޓުތައް ހަވީރާއި ރޭގަނޑު ބަންދު ކުރަން ނިންމައިފި

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއިގުޅިގެން މާލޭގައި ހިންގާ މާރުކޭޓުތައް ހުޅުވިފައި ހުން ވަގުތުތަކަށް ބަދަލު ...

01 Apr 2020 | 10:59

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއިގުޅިގެން މާލޭގައި ހިންގާ މާރުކޭޓުތައް ހުޅުވިފައި ހުން ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާދަމާ އިން ފެށިގެން މާލޭގައި މާރުކޭޓުތައް ހިންގޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ދަށުން ހިންގާ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓުގެ އިތުރުން ވިލިމާލެ މާރުކޭޓު ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ ކުރިން އާންމުކޮށް ރޭގަނޑު 10:00 އާ ހަމައަށް މި މާރުކޭޓުތައް ހިންގާ ކަމަށް ކައުންސިލުން ބުންޏެވެ. ދަތުރުވެރިންގެ މާރުކޭޓު ހިންގޭ ވަގުތުތަކަށް ބަދަލު ގެނައި ކަމަށް ކައުންސިލުން ބުނި ނަމަވެސް، މަރާމަތުކުރަން މިދިޔަ އޮގަސްޓު މަހު އެ މަރުކޭޓު ބަންދުކުރުމަށް ފަހު އަދި ނުހުޅުވަ އެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް މަގުމައްޗަށް ނުކުތުން ވަނީ މަނާކޮށްފައި އެވެ. އަދި ތިން މީހުންނަށް ވުރެ ގިނަ މީހުން ބޭރުގައި އުޅުން ވެސް އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް