ކުޅުދުއްފުށީ ބާދްޝާހު ބޯޓުގެ އިންޖީނުު ހުއްޓިގެން ސިފައިން އެހީވަނީ

ކުޅުދުއްފުށީ ސިޓީ ބާދްޝާހު ބޯޓު އެ ރަށުން ފުރައިގެން މާލެ އަންނަނިކޮށް އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން އެހީތެރިވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓު އިންޖީނު ހުއްޓުނީ ގާފަރުގެ އުތުރުން ހަތަރު ނޯ...

01 Apr 2020 | 06:42

ކުޅުދުއްފުށީ ސިޓީ ބާދްޝާހު ބޯޓު އެ ރަށުން ފުރައިގެން މާލެ އަންނަނިކޮށް އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން އެހީތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު އިންޖީނު ހުއްޓުނީ ގާފަރުގެ އުތުރުން ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. ހާދިސާގެ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 3:15 ހާއިރުކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބާދްޝާހް ބޯޓުގައި25 މީހަކު ތިބިކަމަށެވެ. ކޯސްޓްގާޑުގެ އެހީތެރިކަމާއި އެކު އެ އެންމެން ވަނީ މާލެ ގެނެސްދީފަ އެވެ.

އެބޯޓަށް އެހީތެރިވުމުގެ ބޯޓު އޮތް ސަރަހައްދުގައި ކޯސްޓްގާޑު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް