އަންނަ ހަފްތާގައި ވެސް ސަރުކާރު ނުހުޅުވަން ނިންމަވައިފި

ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފްތާގައިވެސް ސަރުކާރާއި، ސްކޫލުތަކާއި، ކޮލެޖުތައް އަދި ޔުނިވާސިޓީތައް ބަންދުކުރަން ނިންމައިފި އެވެ. އިއްޔެ މެންދުރުފަހު މުލިއާގޭގައި...

01 Apr 2020 | 04:21

ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފްތާގައިވެސް ސަރުކާރާއި، ސްކޫލުތަކާއި، ކޮލެޖުތައް އަދި ޔުނިވާސިޓީތައް ބަންދުކުރަން ނިންމައިފި އެވެ.

އިއްޔެ މެންދުރުފަހު މުލިއާގޭގައި ބާއްވާފައިވާ ކެބިނެޓް ބައްދަލުވުމަށްފަހު މިކަން މިގޮތަށް ނިންމެވީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އަދި ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ސަރުކާރު ބަންދު ނަމަވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް މުވައްޒަފުންގެ ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކެބިނެޓުން ވަނީ ނިންމަވައިފައެވެ.

އޭގެއިތުރުން، ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހާލަތެއްގައި، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށް ވެސް މިއަދުގެ ބައްދަލުވުމުން ވަނީ ނިންމަވައިފިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް