މާލޭގައި ރޭގަނޑު އިމާރާތް ކުރުން މަނާކޮށްފި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު އިމާރާތް ކުރުމުގެ މަސައްކަތް ކުރުން މަނާކޮށްފި އެވެ. މިގޮތަށް ނިންމީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައ...

01 Apr 2020 | 03:16

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު އިމާރާތް ކުރުމުގެ މަސައްކަތް ކުރުން މަނާކޮށްފި އެވެ.

މިގޮތަށް ނިންމީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި އެންގުމަށް އަމަލު ކުރަން ފަށަން ޖެހެނީ މާދަމާ މެންދުރު12:00 ފެށިގެންނެވެ.

އެ އެންގުމުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ހިންގަމުންދާ އެންމެހާ އިމާރާތް ކުރުމުގެ މަސައްކަތްތައް ހަވީރު5:00 ން އަނެއް ދުވަހުގެ ހެނދުނު6:00 އާއި ދެމެދުގައި ކުރުން މަނާވާނެ ކަމަށެވެ.

މި އެންގުން އަންގާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ގޮތުގައި މާދަމާއިން ފެށިގެން ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޓޭކް އަވޭގެ ހިދުމަތް24 ގަޑިއިރު ދިނުން ވަނީ މަނާކޮށްފައި އެވެ. އަދި ހަވީރު5:00 ރޭގަނޑު8:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު އެނޫން ގަޑިތަކުގައި ތިން މީހުންނަށްވުރެ ގިނައިން އެކުގައި ބޭރުގައި އުޅުން ވަނީ މަނާކޮށްފައި އެވެ.

އެޗްޕީއޭއިން ވަނީ މި އެންގުމާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގާފައި އެވެ. މި ފިޔަވަޅަކީ ރާއްޖޭގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ވީހާވެސް ބޮޑަށް ހަނި ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް