މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން19 ވަނަ ދުވަހާއި ހަމައަށް އިނގިރޭސިވިލާތުން ރާއްޖެ އައި ހުރިހާ ދިވެހިންނާއި އެމީހުންނާއި ގުޅުން ހުރި އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރަން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ޑޮކްޓަރުންގެ އެޑްވައިޒަރީ ޓީމުން ނިންމާފައިވަނީ ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން އެ ގައުމުން ރާއްޖެ އައިސް ހޯމް ކަރަންޓީނަށް ދޫކޮށްލެވިފައި ތިބި އެންމެން ޓެސްޓުރާށެވެ. އޭގެ ތެރޭގައި އެމީޙުންނާއި މުއާމަލާތް ކުރެވިފައިވާ މީހުންނާއި އާއިލާގެ އެންމެން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ50 އަށްވުރެ ގިނަ މީހުން ޓެސްޓު ކުރަން ޖެހޭ ލިސްޓުގައި ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި ބައްޔަށް ޕޮސިޓިވްކަން އެނގިފައިވާ ތިން ދިވެހިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެކަމަކު އެ ތިން މީހުން ރާއްޖެ އައިސްފައިވަނީ މާޗްމަހުގެ19 ގެ ފަހުން ކަމަށްވާތީ އެމީހުން ތިބީ ކަރަންޓީން ފެސިލިޓީތަކުގައި އެވެ.
އެހެންވެ އެމީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް އެންމެން ވަނީ ފަސޭހައިން ދެނެގަނެވިފަ އެވެ.
ފުރަތަމަ ޕޮޒިޓިވްވި ދެ ދިވެހިންނާ ގުޅުންހުރި 34 މީހަކު މާލޭގައި އެކަހެރިކޮށް މޮނީޓާ ކުރަމުންދެ އެވެ. އޭގެ ތެރޭގައި އެއާޕޯޓް މުވައްޒަފުން ވެސް ހިމެނެ އެވެ. ތިންވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއަކީ ދެވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ އެކު ރޯޔަލް އައިލެންޑުގެ ކަރަންޓީންގައި އެއް ކޮޓަރިއެއްގައި ހުރި މީހެކެވެ.
މިހާރު އެޗްޕީއޭއިން ނިންމާފައިވަނީ ކަރަންޓީން ކުރެވޭ ހުރިހާ އެންމެން14 ދުވަހުގެ މުއްދަތު ހަމަކޮށް ދޫކޮށްލާއިރު ބައްޔަށް ޓެސްޓު ކުރާށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް