އާރްއޯއެލް ކަސްޓަމަރުންނަށް 100-200 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ ހިލޭ

ކޯވިޑް19- އާއި ގުޅިގެން ރާއްޖެ އޮންލައިން (އާރުއޯއެލް) އިން އެ ކުންފުނީގެ ގިގަ- ފައި ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހިލޭ ޑޭޓާ އެލަވަންސްތަކެއް ދޭން ނިންމައިފި އެވެ. އެ ކުންފުނިން ބުނ...

31 Mar 2020 | 23:42

ކޯވިޑް19- އާއި ގުޅިގެން ރާއްޖެ އޮންލައިން (އާރުއޯއެލް) އިން އެ ކުންފުނީގެ ގިގަ- ފައި ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހިލޭ ޑޭޓާ އެލަވަންސްތަކެއް ދޭން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މި އެލަވަންސްތައް ދޭން ފެށުމުން އެ ކުންފުނީގެ75 ޕަސެންޓު ކަސްޓަމަރުންނަށް100-200 ޕަސެންޓާއި ދެމެދުގެ ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ. މި ހިދުމަތް ދޭން ނިންމާފައިވަނީ މި ފެށުނު އޭޕްރިލް މަހު އެވެ.

އެ ކުންފުނިން ބުނީ މިހާރުވެސް އެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް50 ޕަސެންޓު އިތުރު ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ.

އާރްއޯއެލްގެ ތަރުޖަމާނު މުއައްޒިން ނައީމް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އިތުރު ޑޭޓާ އެލަވަންސްތަކެއް ދޭން ނިންމީ އިޖުތިމާއީ ގައިދުރުކަމަށް ހިތްވަރުދީ ގޭގައި ތިބުމަށް ބާރު އެޅުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ދަނޑިވަޅެއްގައި ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ހިދުމަތުގެ ސަބަބުން އޮންލައިންކޮށް ކިޔަވާ ކުދިންނަށާއި އޮންލައިންކޮށް ގޭގައި ތިބެގެން ހިދުމަތް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް