ކުނި ގެންދިޔަ ދޯނީގަ ތިލަފުއްޓަށް ގޮސް މާލެ އަންނަން އުޅުނު ރިސޯޓެއްގެ ބަޔަކު ހުއްޓުވައިފި

ކުނި ހިފައިގެންދިޔަ ދޯނީގައި ތިލަފުއްޓަށް ގޮސް މާލެ ދާން އުޅުނު ރިސޯޓެއްގެ މުވައްޒަފުން ފުލުހުން ހުއްޓުވައިފި އެވެ. އެމީހުން ހުއްޓުވީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ. ފުލުހުންނާއި ހަވާލާދީ ކޯވިޑް-19 ގ...

31 Mar 2020 | 20:37

ކުނި ހިފައިގެންދިޔަ ދޯނީގައި ތިލަފުއްޓަށް ގޮސް މާލެ ދާން އުޅުނު ރިސޯޓެއްގެ މުވައްޒަފުން ފުލުހުން ހުއްޓުވައިފި އެވެ.

އެމީހުން ހުއްޓުވީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ. ފުލުހުންނާއި ހަވާލާދީ ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހުން ހިފަހައްޓާ ސުވާލު ކުރުމަށް ފަހު އެމީހުން ތިލަފުއްޓަށް ދިޔަ ކުނި ދޯނީގައި ރިސޯޓަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އެކަމަކު ދެ ވަނަ ފަހަރަށް އެކަހަލަ ކަމެއް ކޮށްފި ނަމަ އެ ބަޔަކު ހައްޔަރު ކުރާނެ ކަމަށާއި، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހިފައި މިވަނީ ބޮޑު ބަލިމަޑުކަމަކުން ރާއްޖެ ސަލާމަތް ކުރަން ކަމަށެވެ.

ސަރުކާރާއި އެޗްޕީއޭއިން އެދެނީ ހުރިހާ ފަރާތަކުންވެސް މިކަމަށް އެއްބާރުލުން ދިނުން ކަމަށް ވިދާޅުވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެޗްޕީއޭއިން ވަނީ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް އެ ރިސޯޓުތަކުން ފޭބޭނީ އެންމެ ފަހު ޓޫރިސްޓު ފުރާތާ14 ދުވަސް ފަހުން ކަމަށް އަންގާފަ އެވެ. އަދި އިއްޔެ އެކަން ލުއި ކޮށްދިނުމުގެ ގޮތުން ވަނީ ޓޫރިސްޓުން ތިބި ރިސޯޓަކުގެ މުވައްޒަފުން ރިސޯޓުން ފައިބަން ބޭނުންނަމަ14 ދުވަހު އެކަހެރިކޮށް ހުރިކަން ރިސޯޓުން އެޗްޕީއޭއަށް ކަށަވަރުކޮށްދިނުމުން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ފޭބިދާނެ ކަމަށް ބުނެފައި އެވެ.

އެޗްޕީއޭގެ މި އެންގުމާއި ހިލާފުވި ބައެއް ދިވެހިން މިހާތަނަށް ފުލުހުން ވަނީ ހައްޔަރު ކޮށްފައި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް