ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ، ހަފްތާ ޕްރެސް ފެށެނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ ކަމަށް އެ އޮފީހުން މިރޭ ހާމަކުރައްވައިފިއެވެ. މިއ...

01 Mar 2026 | 18:46
ރައީސްގެ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -

ރައީސްގެ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެ ކަމަށް އެ އޮފީހުން މިރޭ ހާމަކުރައްވައިފިއެވެ.

މިއީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިޢުލާނުކުރެއްވި ގޮތަށް، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ފެށްޓެވުމުގެ ފެށުމެވެ. ރައީސް އޭރު ވިދާޅުވީ މާޗު މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި، މީޑިއާއާ އެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަކީ އެކަމުގެ ބޭނުންފުޅު ކަމަށެވެ.

ރައީސް އޮފީހުން ވަނީ ބައްދަލުވުމުގައި ބައިވެރިވާ ނޫސްވެރިން މާދަމާ ހެނދުނު 9:00 އަށް ރައީސް އޮފީހަށް ވަޑައިގަތުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް