ސްޕޮޓިފައި މިހާރު ދިރާގު ކަސްޓަމަރުންނަށް ލިބޭނެ

ދިރާގު ސްޓްރީމިންގ އެޑް-އޯންސް އަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޯޑިއޯ ސްޓްރީމިންގ އެޕް ކަމަށްވާ "ސްޕޮޓިފައި" ހިމަނައިފިއެވެ. މި އެޕް މިހާރު ދިރާގު ޕްރީޕެއިޑް ސްޓްރީމިންގ އެޑް-އޮންސް، ޕްރީޕެއިޑް ސްޓ...

01 Mar 2021 | 18:35

ދިރާގު ސްޓްރީމިންގ އެޑް-އޯންސް އަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޯޑިއޯ ސްޓްރީމިންގ އެޕް ކަމަށްވާ "ސްޕޮޓިފައި" ހިމަނައިފިއެވެ.

މި އެޕް މިހާރު ދިރާގު ޕްރީޕެއިޑް ސްޓްރީމިންގ އެޑް-އޮންސް، ޕްރީޕެއިޑް ސްޓްރީމިންގ ޕަރކްސް، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް އަދި މަމެން ސްޓްރީމިންގ އެޑްއޮންސްގައިވެސް ހިމެނޭނެއެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން، ކަސްޓަމަރުން ބޭނުންވާ ކަހަލަ އެޕްލިކޭޝަންތައް ދިރާގުގެ ޚިދުމަތްތަށް މެދުވެރިކޮށް ބޭނުންކުރެވޭ ގޮތް ހެދުމަކީ ދިރާގުގެ އަބަދުވެސް އެންމެ ބޮޑު އެއް އަމާޒެވެ. ދިރާގު ސްޓްރީމިންގ އެޑް-އޮންތަކަށް މި އެޕް އައުމާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް އުންމީދުކުރަމެވެ.

ދިރާގު ސްޓްރީމިންގ އެޑް-އޮންސް ތެރޭގައި ހިމެނޭ މަޝްހޫރު ސްޓްރީމިންގ އެޕްތަކުގެ ތެރޭގައި ޓިކްޓޮކް، ނެޓްފްލިކްސް، ޔޫޓިއުބް އަދި އެމޭޒަން ޕްރައިމް ހިމެނެއެވެ. މި އެޑް-އޮންސްގެ ތެރެއަށް ސްޕޮޓިފައި ތައާރަފުކުރުމުން، ދިރާގު ސްޓްރީމިންގ އެޑް-އޮންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ސްޓްރީމިންގ އެޑް-އޮން އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ 343 އަށް ކީވޯރޑް އެސް.އެމް.އެސް ކޮށްލުމުން އެކްޓިވޭޓްކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ މޮބައިލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ދިރާގުން ފޯރިކޮށްދޭ އެޑް-އޮންތަށް ކަސްޓަމަރުންންގެ ބޭނުންތައް ފަރުމާކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް