މިއަދު ކޯވިޑް ވެކްސިން ދިނީ 5،700 މީހުންނަށް

ކޯވިޑް-19 ވެކްސިން އިތުރު 5،700 މީހުންނަށް ދީފި އެވެ. އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ވެކްސިން ޖަހާފައިވަނީ 2،088 މީހުން ކަމަށެވެ. އަތޮޅު ތެރެއިން 3،612 މީހުންނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ. މިއ...

01 Mar 2021 | 18:09

ކޯވިޑް-19 ވެކްސިން އިތުރު 5،700 މީހުންނަށް ދީފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ވެކްސިން ޖަހާފައިވަނީ 2،088 މީހުން ކަމަށެވެ. އަތޮޅު ތެރެއިން 3،612 މީހުންނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ.

މިއާއި އެކު ޖުމްލަ ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 117،115 އަށް އަރާފައި އެވެ.

އޭގެ ތެރެއިން 77،251 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 39،864 މީހުންނަށެވެ.

މިއަދު މާލޭގެ ހަތް ސެންޓަރަކާއި ދެ މޮބައިލް ޓީމް މެދުވެރިކޮށް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް-19 ވެކްސިން ދީފައިވަނީ 169 ސެންޓަރެއްގައި އެވެ.

ރާއްޖޭގައި ކޯވިޑަށް ވެކްސިން ދޭން ފެށީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ،

https://twitter.com/HPA_MV/status/1366436605741981699

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް