‘ޖަޒީރާ ސައްލާ’ ދެވަނަ މަޝްވަރާގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލައިފި

ޖަޒީރާ ސައްލާގެ ދެވަނަ މަޝްވަރާގެ ސުވާލުތަކަށް ހުޅުވާލައިފިއެވެ. މިފަހަރުގެ މަޢުޟޫޢުުއަކީ "މަސްތުވާ ތަކެތީގެ ވަބާއިން އަރައިގަތުން" މިއެވެ. ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން، 2021 މާރޗް 3 ވާ ބުދަ ދު...

01 Mar 2021 | 17:45

ޖަޒީރާ ސައްލާގެ ދެވަނަ މަޝްވަރާގެ ސުވާލުތަކަށް ހުޅުވާލައިފިއެވެ. މިފަހަރުގެ މަޢުޟޫޢުުއަކީ "މަސްތުވާ ތަކެތީގެ ވަބާއިން އަރައިގަތުން" މިއެވެ.

ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން، 2021 މާރޗް 3 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިން، ޓުވިޓަރ މެދުވެރިކޮށް ހޭޝްޓެގް ޖަހައިގެން ސުވާލު ކުރެވޭނެއެވެ.

ޖަޒީރާ ސައްލާގެ ފުރަތަމަ މަޝްވަރާގެ ސުވާލުތަކަށް ހުޅުވާލާފައި ވަނީ ޖަނަވަރީ 25 ވަނަދުވަހުއެވެ. މިގޮތުން ޖަޒީރާ ސައްލާގެ ފުރަތަމަ މަޢުޟޫޢުއަކީ ‘ކޮވިޑްގެ އިޖާބައާ ގުޅޭ ސައްލާތައް’ މި މަޢުޟޫޢުއެވެ.

މި މައުޟޫގައު މީހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއާއި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް