މިއަދުވެސް މާލެއިން 150 އަށްވުރެ ގިނަ ކޭސް، ޖުމްލަ 186

ރާއްޖެއިން އިތުރު 186 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 152 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން 23 މީހުންނާއި ރިސޯޓުތަކުން 10 މީ...

01 Mar 2021 | 17:23

ރާއްޖެއިން އިތުރު 186 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 152 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން 23 މީހުންނާއި ރިސޯޓުތަކުން 10 މީހުންގެ އިތުރުން ސަފާރީތަކުން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،247 ސާމްޕަލެވެ.

މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދަނީ 2،567 މީހުންނަށެވެ. އޭގެ ތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 17،343 މީހުން ރަނގަޅުވެފައިވެ އެވެ. ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 62 މީހަކު ވަނީ މަރުވެފައި އެވެ.

މިއަދާއި ހަމައަށް ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވް ވެފައިވަނީ 19،979 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް