މާތް ނަބިއްޔާ ސައްލަالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
«هَلْ تُنْصَرُونَ وَتُرْزَقُونَ إِلا بِضُعَفَائِكُمْ» (رواه البخاري)
މާނަ: (ތިޔަބައިމީހުންނަށް ނަޞްރު އަދި ރިޒްޤު ލިބެނީ ތިޔަބައިމީހުންގެ ނިކަމެތިންގެ ސަބަބުންނެވެ. ( އެބަހީ އެމީހުންނަށް އެހީވުމުގެ ސަބަބުންނެވެ.)
އަދިވެސް އެހެން ހަދީޘެއްގައިވެއެވެ.
«إِنَّمَا يَنْصُرُ اللَّهُ هَذِهِ الأُمَّةَ بِضَعِيفِهَا بِدَعْوَتِهِمْ وَصَلاتِهِمْ وَإِخْلاصِهِمْ» (رواه النسائي، وصححه الألباني)
މާނައީ: "އަދިވެސް ހަދީޘް ކުރެއްވިއެވެ. މިއުއްމަތަށް ﷲ ނަޞްރު ދެއްވަނީ މިއުއްމަތުގެ ނިކަމެތިންގެ ސަބަބުން ކަމުގައި މެނުވީ ނުވެއެވެ. އެބައިމީހުންގެ ދުޢާއާއި ނަމާދާއި އަދި އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ.
އިޙްސާންތެރިކަމަކީ ﷲގެ ރަޙްމަތް ލިބުމުގެ ސަބަބެކެވެ."
ކީރިތި ޤުރުއާންގައިވެސް އެތަށް އާޔަތެއްގައި މިކަން ބަޔާންކޮށް އަންގަވާފައިވެއެވެ.
إِنَّ رَحْمَتَ اللَّـهِ قَرِيبٌ مِّنَ الْمُحْسِنِينَ ﴿٥٦﴾
މާނަ: "ހަމަކަށަވަރުން، اللَّه ގެ رحمة ފުޅުވަނީ، إحسان ތެރިންނާ ގާތުގައެވެ.[7:56]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް