ދަތް އުނގުޅާ ބުރުހަކީ އަހަރެމެން ކޮންމެ ދުވަހަކު އެތަށް ފަހަރަކު ބޭނުންކުރަންޖެހޭ އެއްޗެކެވެ. ޚާއްޞަކޮށް ދަތް އުނގުޅާ ބުރުހަކީ އަނގަޔަށް ލައިގެން ބޭނުންކުރާ އެއްޗަކަށް ވުމުން ބުރުހުގެ ސާފުޠާހިރުކަމަކީ ވަރަށްވެސް މުހިންމުކަމެކެވެ. ޑެންޓިސްޓުން ބުނާ ގޮތުގައި އެންމެ މަދުވެގެންވެސް ކޮންމެ 90 ދުވަހަކުން 1 ފަހަރު ދަތް އުނގުޅާ ބުރުސް ބަދަލުކުރަން ޖެހެއެވެ.
ޑެންޓިސްޓުން ލަފާދޭގޮތުގައި ކޮންމެ 90 ދުވަހަކުން 1 ފަހަރު ބުރުސް ބަދަލު ނުކުރާނަމަ ބުރުގައި ހުންނަ ފެނާއެކުވެ, އޭގައި އުފެދޭ ޖަރާސީމުތަކުގެ ސަބަބުން ހިރުގަނޑު ގިރުން އަދި ދަތްތަށް ހަލާކުވުން ފަދަ ބަލިތަށް ޖެހެއެވެ.
އެމެރިކަން ޑެންޓަލް އެސޯޝިއޭޝަންއިންވެސް ލަފާދޭ ގޮތުގައި ކޮންމެ 90 ދުވަހަކުން 1 ފަހަރު ދަތް އުނގުޅާ ބުރުސް ބަދަލުކުރަން ޖެހެއެވެ. އެހެން ނޫންނަމަ ބުރުހުގައި ތަފާތު ބެކްޓީރިއާތައް އުފެދި އޭގެން ނުބައި އަސަރު ދަތްތަކަށް ކުރެއެވެ.
ނަމަވެސް މިކަން ގިނަ މީހުންނަށް ވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ. މިކަމަށް އޮތް ހައްލުތަކަށް ދެން ބަލައިލަމާ ހިނގާށެވެ.
އެންމެ ފުރަތަމަ ކަމަކަށް ރިމައިންޑާއެއް ސެޓް ކުރެވިދާނެއެވެ. އެންމެންވެސް ސްމާރޓް ފޯންތައް ގެންގުޅޭ ޒަމާންކަމުން ދަތް އުނގުޅާ ބުރުސް ބަދަލުކުރަންވެސް ވަކި ދުވަހަކަށް ރިމައިންޑާއެއް އެއް ބުއްދިވެރިއެވެ.
ދެވަނަ ކަމަކަށް ގިނަ އަދަދެއްގެ ބުރުސް ގަނެފައި ގޭގައި ބެހެއްޓިދާނެއެވެ. ގިނަ ފަހަރަށް ފިހާރަޔަށް ދާން މަސައްކަތަށް ނުވަތަ ފަހުން ގަންނަން ހަނދާންނެތިފާވެސް ހުރެވެއެވެ. އެހެންކަމުން ގޭގައި ބުރުސް ގަނެފައި ބެހެއްޓުމުން ބޭނުންވާ ވަގުތަށް ބުރުސް ބަދަލުކުރަން ފަސޭހަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް