ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގުން ވަގުތީގޮތުން މިނިސްޓަރު ފައްޔާޒާ ހަވާލުކުރައްވައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުކުރައްވައިފިއެވެ. ރައީސް އޮފީހުން ...

01 Mar 2021 | 14:05

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމަށް މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ވަނީ ހަވާލުކުރައްވާފައެވެ.

" ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައި ވަނީ 2021 މާރިޗު 1 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތްކަމަށް ފާސްކުރައްވާފައިވާތީ، ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް މިއަދު ވަކިފެފައިވާތީއެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް