އެސްޓީއޯއިން "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން ފަށައިފި

ހިޓާޗީ ބްރޭންޑްގެ އެއާކޮންޑިޝަނާގެ ހާއްސަ ފިނިފިނި ހިޓާޗީ ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓިއޯ ހޯމް އިމްރޫވްމެންޓް، އެސްޓީއޯ ވިލިމާލެ ފިހާރަ، އަދި އެސްޓީއޯ ހު...

01 Mar 2021 | 11:01

ހިޓާޗީ ބްރޭންޑްގެ އެއާކޮންޑިޝަނާގެ ހާއްސަ ފިނިފިނި ހިޓާޗީ ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓިއޯ ހޯމް އިމްރޫވްމެންޓް، އެސްޓީއޯ ވިލިމާލެ ފިހާރަ، އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ. މިޕްރޮމޯޝަންގައި ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ގަންނަ 24،000 ބީޓީޔޫގެ ކޮންމެ ފަސް އެއާ ކޮންޑިޝަނާ އަކަށް 12،000 ބީޓީޔޫގެ އެއާކޮންޑިޝަނާ އެއް ހިލޭ ލިބިގެންދާނެއެވެ. އަދި 18،000 ބީޓީޔޫގެ ކޮންމެ ފަސް އެއާ ކޮންޑިޝަނާ އަކަށް 9،000 ބީޓީޔޫގެ އެއަރކޮންޑިޝަނަރ އެއް ހިލޭ ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާ މުއްދަތުގައި ބޮޑެތި ޑިސްކައުންޓުތަކުގެ އިތުރުން އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ޓީވީ އަދި ދޮންނަ މެޝިން ލިބޭނެ އެވެ.

އަދި ގަންނަ ކޮންމެ އޭސީއަކާއެކު ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި، ރައިސް ކުކާ، އަވަން، އިސްތިރީގެ އިތުރުން 1،500 ރުފިޔާގެ ގިފްޓް ވައުޗާާ ހިމެނެއެވެ.

މިޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 30 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް