ކޮމިއުނިކޭޝަން މިނިސްޓަރު ކަމުން މުހައްމަދު މަލީހު ވަކި ކުރުމުން ރައްޔިތުންނަށް ވީވައުދު ފުއްދުނީކަމަށް ދެކިވަޑައި ނުގެންނަވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 59 މެމްބަރުންގެ ވޯޓުން މަލީހުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަނީ ވަކިކޮށްފައި އެވެ. މި ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މަލީހު މަގާމުން ވަކި ކުރުމުން ޝުޖާއު ވިދާޅުވީ އެމްޑީޕީއަށް މަލީހު މިނިސްޓަރު ކަމުން ބޭރު ކުރެވިއްޖެ ކަމަށެވެ. މި ވޯޓާއި އެކު ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް އެމްޑިޕީގެ ސައިޒު ދައްކާލައިފި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެވަރުން އަދި ދިވެހި ރައްޔިތުންނަށް ވި ވައުދު ނުފުއްދޭ ކަމަށެވެ. އަދި އިންޓަނެޓްގެ އަގު ހެޔޮވި ކަމަކަށްވެސް ދިވެހިން ނުދެކޭނެ ކަމަށް ވިދާޅުވި އެވެ.
https://twitter.com/shuja3831/status/1366306738291363841
މަލީހު ވަކި ކުރީ އިންޓަނެޓްގެ އަގު ހެޔޮ ނުކުރުމާއި ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތަކެއް ނަހަދާ ހުރި ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް