މި އަހަރުގެ ޖެނުއަރީ މަހަށްވުރެ ގިނައިން ފެބްރުއަރީ މަހުގައި ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

މި އަހަރުގެ ޖެނުއަރީ މަހަށްވުރެ ގިނައިން ފެބްރުއަރީ މަހުގައި ފަތުރުވެރިން ރާއްޖެ އަހިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން 2021 ޖެނުއަރީ 31 އާއި ހަމަޔަށް ރ...

01 Mar 2021 | 07:24

މި އަހަރުގެ ޖެނުއަރީ މަހަށްވުރެ ގިނައިން ފެބްރުއަރީ މަހުގައި ފަތުރުވެރިން ރާއްޖެ އަހިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން 2021 ޖެނުއަރީ 31 އާއި ހަމަޔަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ. އަދި 2021 ފެބްރުއަރީ ީ28 އާއި ހަމަޔަށް 96،881 ފަތުރުވެރިން ރާއްޖެ އައިިސްފައިވެއެވެ. އެހެންކަމުން ޖެނުއަރީ މަހާ އަޅާ ބަލާއިރު ފެބްރުއަރީ މަހުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 4778 ގިނައެވެ.

ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް 2971 ފަތުރުވެރިން ރާއްޖެ އައިިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ފެބްރުއަރީ މަހުގައި ދުވާލެއްގެ މައްޗަށް 3460 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަަހަރުގެ މިހާތަނަށް ރާއްޖޭގައި147 ރިސޯޓް/ މެރީނާސް ފެސިލިޓީ ހިންގަމުންދެއެވެ. އަދި މުޅި ރާއްޖޭގައި 359 ގެސްޓްހައުސް އަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 23.3 އިންސައްތައާއިއެކު، އިންޑިޔާ ވަނީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ގައުމަށް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް