މަލީހަށް ފުރިހަމަ އިތުބާރު އެބައޮތް، ދައްކަމުން ދަނީ އެމްޑީޕީގެ ބާރު އޮތްކަން: ރިޔާޒް

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓު ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ވެރިކަން ކުރާ މައި ޕާޓީގެ ބާރު ދެއްކުމުގެ ގޮތުން ކަމަށް ކޯލިޝަން ޕާޓީ ޖުމް...

01 Mar 2021 | 06:56

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓު ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ވެރިކަން ކުރާ މައި ޕާޓީގެ ބާރު ދެއްކުމުގެ ގޮތުން ކަމަށް ކޯލިޝަން ޕާޓީ ޖުމްހޫރީ ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މަލީހުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައިގަ ބަހުސް ކުރެއްވަމުން ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު މިނިސްޓަރަށް އެބައޮތް ކަމަށެވެ. ރިޔާޒު ވިދާޅުވީ ޖޭޕީން މަލީހުގެ ދިފާއުގައި ނެތް ކަމަށް ބުނެ އެމްޑީޕީ މެމްބަރުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމުގައި ހުންނެވި މަލީހުއާއި ގުޅޭގޮތުން އެއްވެސް ފަރާތަކުން އެ ޕާޓީއަށް ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް މަލީހުގެ މަސައްކަތާއި މެދު ޝައްކެއް އުފައްދަވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިމާވެގެން މިއުޅެނީ އެމްޑީޕީން މަލީހާއި މެދު ހިތް ހަމަނުޖެހުން އެކަނިކަމަށެވެ. މަލީހުގެ ވަޒީފާ ފުރިހަމައަށް އަދާ ކުރައްވާ ކަމަށާއި އެކަމަކު އެމްޑީޕީ ހިތްހަމަ ނުޖެހޭ ބޭފުޅަކަށް ވާތީ ކޮންމެސް މައްސަލައެއްފެންމަތިކޮށް މަލީހު މަގާމުން ބޭރު ކުރަން ބޭނުން ވަނީ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ އެޕާޓީގެ ބާރުގަދަކަން ދެއްކުމަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ތާއީދު މަލީހަށް އޮތް ކަމަށް ވިދާޅުވި އިރު މިއަދުގެ ޖަލްސާގައި އެ މައްސަލައިގަ ބަހުސް ކުރެއްވި ޖުމްހޫރީ ޕާޓީގެ ހަމައެކަނި މެމްބަރަކީ ރިޔާޒެވެ. ދެން މަލީހުގެ ދިފާއުގައި ވާހަކަ ދެއްކެވީ ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުންނެވެ.

މަލީހު ވިދާޅުވީ އޭނާ އާއި ދެކޮޅަށް އިތުބާރު ނެތްކަމުގައ މައްސަލަ ހުށަހެޅީ އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް