ޓީ20 ކްލަބް ޓޯނަމެންޓް ފަސްކޮށްފި

ޓީ20 ކްލަބް ޓޯނަމެންޓް ފަސްކޮށްފިއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަކި ތާރީޚެއް ނެތް ގޮތަށް މި މުބާރާތް ފަސްކޮށްފައި ވާ ކަމަށެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސ...

01 Mar 2021 | 06:37

ޓީ20 ކްލަބް ޓޯނަމެންޓް ފަސްކޮށްފިއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަކި ތާރީޚެއް ނެތް ގޮތަށް މި މުބާރާތް ފަސްކޮށްފައި ވާ ކަމަށެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޓީ 20 ކްލަބް ޓޯނަމެންޓް 26 ފެބަރުއަރީ 2021 ގައި ފެށުމަށް އިއުލާން ކުރެވިފައިވީނަމަވެސް ، މާލޭގައި ކޮވިޑް 19ގެ ހާލަތު އިތުރަށް ގޯސްވެ، އެޗްޕީއޭ އިން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅުއްވާފައިވާތީ މިޓޯނަމެންޓް ވަނީ ފަސްކުރެވިފައި ވާ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

ޓީ20 ކްލަބް ޓޯނަމެންޓް ދެން ބޭއްވޭނޭ ތާރީޚް ފަހުން އިޢުލާން ކުރެވޭނެ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް