ލިވާތު ކުރަން ތިބި ދެމީހުން (އެއްޖިންސުން ގުޅުން ހިންގަން ތިބި ދެ ފިރިހެނުން) ލ.ގަމުން ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި މިއީ ދިވެހި ދެ މީހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަދެ ހައްޔަރުކޮށްފައި ވަނީ، ގެސްޓްހައުސްއެއްގައި ލިވާތު ކުރަން ތިބި މެދުއުމުރުގެ މީހަކާއި އުމުރުން ދުވަސް ވީ މީހެކެވެ.
މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު މިހާރު ވެސް އުޅެނީ ކައިވެނި ކޮށްގެންނެވެ. އަދި ދެވަނަ މީހާ ވެސް މީގެ ކުރިން ވަނީ ކައިވެނި ކޮށްފައެވެ.
ލިވާތު ކުރަން ތިބި ދެމީހުން ލ.ގަމުން ހައްޔަރުކުރި މައްސަލައިގައި އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް