ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރުގެ އާއިލާ ކައިވެނި ހަފްލާއަކަށް ރާއްޖެ އަތުވެއްޖެ އެވެ.
ޝްރައްދާ އާއި އެކު މި ހަފްލާގައި ބައިވެރިވުމަށް ރާއްޖެ އައި އާއިލާ މީހުންގެ ތެރޭގައި ބައްޕަ ޝަކްތީ ކަޕޫރާއި، ބޭބެ ސިދާންތް ކަޕޫރު ހިމެނެ އެވެ. އެމީހުން ރާއްޖެ އައީ ޝްރަދާގެ ދެބެއިންގެ ދެދަރި އެކްޓަރު ޕްރިޔާންކް ޝަރުމާ އާއި ޝަޒާ މޮރާނީގެ ކައިވެނި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.
ޕްރިޔާންކް އާއި ޝަޒާ ކައިވެނި ކުރީ މިދިޔަ މަހު ކޯޓުގައި އެވެ. ޕްރިޔާންކް ކައިވެނީގެ ހަފުލާ ރާއްޖޭގައި ފާހަގަކުރަން އައިސް އެ މީހުން ތިބެނީ އޯޒެން ލައިފް މާދޫގަ އެވެ.
އެމީހުން ރިސޯޓުގައި ނަގާފަައިވާ ހިތްގައިމު ފޮޓޯތައް ދަނީ އިންސްޓަގްރާމްގައި އާންމު ކުރަމުންނެވެ.
https://www.instagram.com/p/CL1JF1JFRTk/
https://www.instagram.com/p/CL1Bnb2laKt/
ރިޕޯޓުތައް ބުނާގޮތުގައި ޝްރައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފަ އޮންނަ ރޯހަން ޝްރެސްތާ އެހެން ނަމެއްގައި އޭނާ އާއި އެކު ބައިވެރިވެ އެވެ. ރޯހަން އެމީހުންނާއި އެކު ރާއްޖެ އައިސް އުޅެނީ ޕްރިޔާންކްގެ ކައިވެނީގެ ރަސްމީ ފޮޓޯގްރާފަރުގެ ގޮތުގައި އެވެ.
ރޯހަން އަކީ ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީ ފޮޓޯގްރާފަރެކެވެ.
އެކްޓަރު ޕްރިޔާންކް އަކީ ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ދަރިއެކެވެ. ޕަދުމިނީ އަކީ ޝްރަދާގެ މަންމަ ޝިވާންގީ ކަޕޫރްގެ ކޮއްކޮ އެވެ. ޕްރިޔާންކްގެ އަންހެނުން ޝަޒާ މޮރާނީ އަކީ ޕްރޮޑިއުސަރު ކަރީމް މޮރަނީގެ ދަރިއެކެވެ. ޝަޒާ އަކީ ބަތަލާ ޒޯއާ މޮރާނީގެ ކޮއްކޮ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް