މާލޭގައި 20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

މާލޭގައި 20 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން 20 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މާލޭގައި ގާއިމްކޮށްފައިވާ ސެ...

01 Mar 2021 | 03:12

މާލޭގައި 20 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން 20 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މާލޭގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ގޮސްގެން ވެކްސިން ޖެހޭނެ ކަމަށެވެ.

އަދި ކުރެއެކޭ އެއްގޮތަށް 18 އަހަރުން މަތީގެ ހައި ރިސްކު ކެޓަގަރީގެ މީހުންނަށް ސެންޓަރުތަކުން ވެކްސިން ޖެހޭނެ ކަމަށް ބުނެ އެވެ.

މިއާއި އެކު ވެކްސިން ޖެހުމަށް މާލޭގައި ދެން ހުޅުވާ ނުލަނީ 18 އަހަރާއި 19 އަހަރުގެ މީހުންނަށެވެ. ކޯވިޑް ވެކްސިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަކަށް ނުޖަހާނެ އެވެ.

ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ނުކުރާ ފަރާތްތައް ރެޖިސްޓްރީކޮށްދީގެން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒު، މާލޭ ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، ރައްޔިތުންގެ މަޖިލީސް އިދާރާ އަދި ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކެވެ.

މިހާތަނަށް ރާއްޖޭގައި 111،000 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.

ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް