އަލްހަރަމައިން ޙައްޖު އެންޑް އުމްރާއިން މިމަރޗްމަހުގެ ޢުމްރާ ދަތުރު ކެންސަލްކޮށް އުމްރާއަށް ފައިސާދެއްކެވި ފަރާތްތަކަށް އެފައިސާ ދޫކުރެއްވުމުގެ ކަންކަން ކުރައްވަމުންދާ ކަމަށް އެޖަމާޢަތުން ހާމަކުރައްވައިފިއެވެ.
އަލްހަރަމައިން އުމްރާ ދަތުރު ކެންސަލްކޮށް ފައިސާ ދޫކުރަން ނިންމީ ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ވަގުތީގޮތުން ސަޢުދީ އަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން އާއްމުކޮށް އިޢުލާންކޮށްފައިވާތީއެވެ.
އަލްހަރަމައިންގެ މަރޗްމަހުގެ އުމްރާ ދަތުރަށް ފައިސާ ދެއްކެވި ފަރާތްތަކުން ލަސްނުކޮށް ކުންފުނީގެ އޮފީހަށް ވަޑައިގެން ފައިސާ ނެންގެވުމަށް އެޖަމާޢަތުންވަނީ އަންގަވާފައެވެ. އާއްމު ފަރާތްތަކުން އުމްރާއަށް ދެއްކެވި ފައިސާއިން އެއްވެސް މިންވަރެއް އުނިނުކޮށް އެފަރާތްތަކަށް ފައިސާ ދޫކުރުމަށް އަލްހަރަމައިންވަނީ ނިންމަވާފައެވެ.
އަލްހަރަމައިންގެ މަރޗްމަހުގެ އުމްރާ ދަތުރު ކެންސަލް ކުރި ނަމަވެސް މިއަހަރުގެ ރަމަޟާންމަހުގެ އުމްރާ ދަތުރުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެޖަމާޢަތުން ވަނީ ވިދާޅުފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް