ނުރައްކާތެރި މިންވަރަކަށް މުޅި ދުނިޔެއަށް ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ފެތުރިފައިވާތީ ހުރިހާ ސްކޫލެއްގެ އިތުރު ހަރަކާތްތައް ހުއްޓާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓަލަން އަންގަނީ ކޮރޯނާ ވައިރަސްގެ އިތުރުން ހިމަބިހި ރާއްޖެއިން އަނެއްކާވެސް ފެނި ދަރިވަރުންތަކަކަށްވެސް އެ ބަލި ޖެހިފައިވާތީ ކަމަށެވެ. މިގޮތަށް ނިންމީ ކޯވިޑް-19 ޓާސްކްފޯހުގެ މަޝްވަރާތަކަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް ލަފާގެ މަތިންނެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި އިތުރު ހަރަކާތްތައް ހުއްޓާލަން އަންގާފައިވަނީ އަންނަ މެއި 20 ވަނަ ދުވަހާ ހަމައަށެވެ.
ކޮވިޑް ފެތުރެމުންދާ ގޮތާއި ހާލަތަށް ބަލައި ސްކޫލުތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން މިނިސްޓްރީން ސްކޫލުތަކަށް އަންގާނެ ކަމަށް މިނިސްޓަރު ސޮއި ކުރައްވާ ފިނުވާފައިވާ ސާކިއުލާގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް