ބީއެމްއިލްގެ ލުއި ލޯނު ދޫކުރާ އުސޫލަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނުތައް ނެގުން އިތުރަށް ފަސޭހަކޮށް، ޕާސަނަލް ފައިނޭންސިންގެ ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރ...

01 Mar 2020 | 14:57

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނުތައް ނެގުން އިތުރަށް ފަސޭހަކޮށް، ޕާސަނަލް ފައިނޭންސިންގެ ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ބީއެލްގެ ޕާސަނަލް ލޯނުތަކާއި ފައިނޭންސިން ފެސިލިޓީ ތަކަކީ އެބޭންކްގެ ހިދުމަތްތަކުގެ ތެރެއިން ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ހިދުމަތްތައް ކަމަށެވެ. އެއީ ފަސޭހައިން ލިބިގަނެވޭ، ކަސްޓަަމަރުންގެ ބޭނުންތަކަށް ފުދޭ ހިދުމަތްތަކެއް ކަމަށް ވިދާޅުވި އެވެ.

އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ

- އެއް މަހުގެ މުސާރަ ޖަމާވިޔަސް ލޯނަށް ޝަރުތު ހަމަވާނެ- ކުރިން ބީއެމްއެލްއަށް 12 މަސްދުވަހުގެ މުސާރަ ޖަމާވާން ޖެހޭ

- ލޯނަށް އެދޭއިރު ވަޒީފާގައި އުޅޭތާ ތިން މަސް ވުމުން ޝަރުތު ހަމަވާނ، ވަޒީފާގައި އުޅޭކަމުގެ ލިޔުން ބޭނުމެއް ނުވާނެ - ކުރިން ވަޒީފާއި އުޅޭތާ ހަ މަސް ވާންޖެހޭ

މުހިއްމު އަނެއް ބަދަލަކީ އެއްގަމު އުޅަނދު ގަތުމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓާއި އެ ބޭނުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީތަކުގައި ފުލް އިލެކްޓްރިކް ވެހިކަލް ނަގާ ފަރާތްތަކަށް ލުޔެއް ދިނުމެވެ. އެ ގޮތުން އެ ބާވަތުގެ ވެެހިކަލް ގަތުމަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓާއި އިސްލާމިކް ފެސިލިޓީތަކުގެ ޕްރޮފިޓް ރޭޓް ވަނީ ދަށް ކޮށްފަ އެވެ.

ބީއެމްއެލްއިން މި ލުއި ތަކާއެކު ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ނަގާ ގުރުއަތަކުން ހޮވޭ ފަރާތްތަަކަށް އެންމެ ފަހުފެ އައިފޯނެއް ދޭ އިރު، ކެމްޕޭން ގެ މުއްދަތު ނިމުމުން ނަގާ ގުރުއަތަކުން ހޮވޭ ފަރާތަކަށް 100،000 ރުފިޔާ ގެ އިނާމެއް ލިބޭނެ އެވެ.

މި ކެމްޕެއިންގައި ލުއި ލޯނު، ލުއި މައިކްރޯ ލޯން ވެހިކަލް ލޯން އަދި އެއާ ގުޅޭ އިސްލާމިކް ފެެސިލިޓީތަކަށް އެޕްލައި ކުރާ ފަރާތްތަކަށް، ބައިވެރިވެވޭނެ އެވެ.

ބީއެމްއެލްއިން ބުނީ މިދިޔަަ އަހަރު، ލޯނުގެ ގޮތުގައި އަލަށް ދޫކުރި ފައިސާގެ އަދަދު 1.5 ބިލިޔަން ރުފިޔާ އަށް އަރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް