އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ދީދީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީ އާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 375 ދުވަހުގެ ތެރޭގައި ނިންމާގޮތަ ށެވެ. މި މަޝްރޫއަކީ 67,134,884.09 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއު ނިމޭއިރު ހުޅުދޫ ބަނދަރުގައި ނެރުގެ ފައިކަށީގައި 114 މީޓަރުގެ ބޮޑު ހިލަ ޖަހައި 742 މީޓަރުގެ ދިގު އެއްގަމު ތޮއްޓެއް ލާނެ އެވެ. އަދި 624 މީޓަރުގެ ރިވެޓްމެންޓާއި 2250 ސްކެއާ މީޓަރުގެ ޕޭވްމަންޓަކާއި 36 ބަނދަރު ބައްތި ޖަހާނެ އެވެ.
މީގެ އިތުރުން މިހާރު އޮތް ފަޅު ފުން ކުރުމަށް ހަމަޖެހިފައިވެ އެވެ. މަޝްރޫއު ނިމޭއިރު ކޮންކްރިޓް ބްރިޖެއް އެޅުމަށްވެސް ހަމަޖެހިފައިވެ އެވެ.
މިއީ މިސަރުކާރުން ކުރިޔަށް ގެންދާ 50 ވަނަ ބަނދަރު ހެދުމުގެ މަޝްރޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް