އުރީދޫގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭނެ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފި

ގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް ރާއްޖޭގައި މިއަދު ހުޅުވައިފިއެވެ. އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ...

01 Mar 2020 | 12:47

ގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް ރާއްޖޭގައި މިއަދު ހުޅުވައިފިއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ ޕްރީޕެއިޑް ސިމް ބައްލަވައިގަނެވޭނެއެވެ. މިއީ، ދިވެހިރާއްޖޭގައި މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ. ހަމައެހެންމެ، މި ސެންޓަރު މެދުވެރިކޮށް، ބިލައް ފައިސާ ދައްކައި، ރީޗާޖްކޮށް، އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރ މިއަދު އިފްތިތާޙް ކޮށްދެއްވާފައި ވަނީ، އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗަޕެލް އަދި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން އެވެ. މި ހަފްލާގެ ބައިވެރިންގެ ތެރޭގައި އެކުންފުނީގެ ބޯޑް ޑައިރެކްޓަރުން ކަމަށްވާ، އަލްއުސްތާޛާ ދީނާ ހުސައިން، ޑރ.ހާމިދު މުހައްމަދު، މަރާފީ، ޙާލިދު ހުސައިން، އަލް-ހަމާދީ، އަހްމަދު ޒުހޫރު އަދި ސުރޭޝް ކަލްޕަތީ ޗިދަމްބަރަމް ހިމެނެއެވެ.

"ދުވަހުން ދުވަހަށް ޑިޖިޓަލް ވަމުންދާ ދުނިޔެއްގައި، އަޅުގަނޑުމެންގެ ކަސްޓަމަރުން ބޭނުންވަނީ އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް. އުރީދޫ ޑިޖިޓަލް ސެންޓަރ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދޭ. މިގޮތުން، ބޭނުން ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ ސިމެއް ބައްލަވައިގަނެ، ރާއްޖޭގެ އެންމެ ފުރިހަމަ 4ޖީ+ ނެޓްވަރކުގައި އަޅުގަނޑުމެން ފޯރުކޮށްދޭ ތަފާތު އަދި އުފެއްދުންތެރި ޚިދުމަތްތައް ބޭނުން ކުރަން ފެށޭނެ." އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި ހުޅުވާފައިވާ މި ޑިޖިޓަލް ސެންޓަރުން 24 ގަޑިއިރު ކަސްޓަމަރުންނަށް ގިނަ ޚިދުމަތްތަކެއް ލިބިގެންދެއެވެ. މީގެތެރޭގައި:

  • ޕްރީޕެއިޑް ސިމް ކާޑު ބައްލަވައިގަތުން
  • ބިލަށް ފައިސާ ދެށްކުން
  • ރީޗާރޖްގެ ޚިދުމަތްތައް
  • އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް

އުރީދޫގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އުރީދޫ މޯލްޑިވްސްއިން އުފައްދާފައިވާ ސުޕަރ އެޕް، އުރީދޫ އެޕް މެދުވެރިކޮށް ސައުވީސް ގަޑިއިރުގެ ކަސްޓަމަރ ސާރވިސްގެ ޚިދުމަތުގެ އިތުރުން އެމް-ފައިސާގެ ޚިދުމަތްތައް އަދި އީ ކޮމަރސް ޕްލެޓްފޯރމް، މޫލީގެ ޚިދުމަތްތައްވެސް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް