ސިއްހީ ދާއިރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވިހި ރަށެއްގެ ކައުންސިލްތަކާއި ހަވާލުކޮށްފި

ވިހި ރަށެއްގެ ސިއްޙީ ދާއިރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް އެރަށްރަށުގެ ރަށު ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ޕްރޮޖެކްޓަތައް ލާމަރުކަޒީކޮށް، ކައުންސިލްތަކާއި ހަވާލު ކުރުމަށް ...

01 Mar 2020 | 11:22

ވިހި ރަށެއްގެ ސިއްޙީ ދާއިރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް އެރަށްރަށުގެ ރަށު ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ޕްރޮޖެކްޓަތައް ލާމަރުކަޒީކޮށް، ކައުންސިލްތަކާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މިޕްރޮޖެކްޓްތައް ހިންގުން ކައުންސިލްތަކާއި ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ އަމީން ވިދާޅުވީ މި މަސައްކަތް ތަކަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެއް ކަމަށެވެ. މިއަދު މިހަވާލު ކުރި މަޝްރޫއުތަކަކީ، ބީއޯކިއު މަސައްކަތްތައް ނިމި، އިއުލާން ކުރުމަށްޓަކައި ވާންޖެހޭ ހުރިހާތައްޔާރީތަކެއްވެ ކުރެހުންތައްވެސް ނިމި މިއަދުވެސް އިއުލާނު ކުރެވޭ ހިސާބުގައި ހުރި މަޝްރޫއުތަކެއް ކަމުގައި އެވެ.

މިނިސްޓަރު ވިދާޅުވީ ހޭލުންތެރިކަމާއި، ސިއްޙީ ގޮތުން ދުނިޔެ ހޯދާ ކުރިއެރުންތަކާއި، އަދި ދުނިޔޭގެ ދިރިއުޅުން މިއަދު ތަރުތީބުވެފައި ހުރި ގޮތުން މިއަދު ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް، އަމާޒު ހިފޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންވީމާ ހަމައެކަނި މާލެއަށް ސިއްޙީ ޚިދުމަތް ހޯދުމަށް އަންނަންޖެހޭ ޖެހުން ކުޑަކުރެވި، އަތޮޅުތެރޭގައި އެބަޔަކު ދިރިއުޅޭ ސަރަަހައްދުން ޚިދުމަތް ލިބިދެވޭނެ އިންތިޒާމް ހަމަޖެހުމަކީ މިސަރުކާރުގެ އަސާސީ މުހިއްމު އެއް އަމާޒުކަށެވެ.

" މިއަދު އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ކަންކަން ރަނގަޅު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގެ ރަށްރަށުގެ ސިއްޙީ ޚިދުމަތުގެ ވަސީލަތް އިތުރުކޮށް ވަސީލަތުގެ ފެންވަރު ރަނގަޅު ކުރުމަށް. އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ސިއްޙީ ދާއިރާ އަޅުގަނޑުމެންނާިއ ހަމައަށް އައިއިރުވެސް އޮތީ، ވަރަށް ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ، ރަށްރަށުގެ ސިއްޚީމަރުކަޒު ބޮޑުކުރުމުގެ މަސައްކަތްތަކާއި، ވަށާފާރު ރޭނުން ފަދަ މަސައްކަތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް