މަޖިލީހުން ލަފާ ލިބުނުހާ އަވަހަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭނެ: ފައްޔާޒު

ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑަ ނޭޅި ލަސްވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ. މިނިމަމް ވޭޖް ނުވަތަ އެންމެ ކު...

01 Mar 2020 | 09:19

ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑަ ނޭޅި ލަސްވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ.

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ހުށަހަޅާފައި އެވެ. އެ ބިލުގައި ވާގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވަނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ ވަރެއް ކަނޑައެޅޭނެ ކަމަށެވެ.

އެ ފުރުސަތު މަޖިލީހުން މިނިސްޓަރަށް ދެއްވުމުން މަޝްވަރާ ކުރުމަށް ފަހު މިދިޔަ މަހުގެ18 ވަނަ ދުވަހު އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ލަފައެއް ހޯދުމަށް ރައްޔިތުން މަޖިލީހަށް ފޮނުވާފަ ވެ އެވެ. ސަރުކާރުން ފޮނުވި ރިޕޯޓުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ރިޕޯޓާއި، ސްޓޭކް ހޯލްޑަރުންނާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއް ހިމެނެ އެވެ.

އެކަމަކު އަދިވެސް އެ ރިޕޯޓަކަށް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ގޮތެއް ނުނިންމެ އެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގައި މަޝްވަރާ ކުރެވުމަށް ފަހު މިނިސްޓްރީން ކަނޑައެޅި އުޖޫރަ އާއި މެދު ގޮތެއް ނިންމިހާ އަވަހަކަށް އެންމެ ކުދަ އުޖޫރަ ކަނޑައެޅިގެންދާނެ ކަމަށެވެ.

https://twitter.com/faya_i/status/1234007586896089090

އިކޮނޮމިކް މިނިސްޓްރީގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްތައް ކުރި އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދީފައިވަނީ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށެވެ. މި އަދަދަކީ ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއަކަށް ހުށަހެޅި އަދަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް