މި ސަރުކާރުން ފެށި 547 މަޝްރޫއެއް އެބަ ހިނގާ: ހައުސިން

މި ސަރުކާރުން ފަށާފައިވާ 500 އަށް ވުރެ ގިނަ މަޝްރޫއު ކުރިޔަށް ދާ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ. މިއަދު އެ މިނިސްޓްރީއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަ...

01 Mar 2020 | 08:55

މި ސަރުކާރުން ފަށާފައިވާ 500 އަށް ވުރެ ގިނަ މަޝްރޫއު ކުރިޔަށް ދާ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިއަދު އެ މިނިސްޓްރީއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ސަރުކާރުން ޕީއެސްއައިޕީ މަސައްކަތްތަކުގެ ތެރެއިން 547 މަޝްރޫއެއް ކުރިއަށް އެބަދެއެވެ. އޭގެ ތެރެއިން 152 މަސައްކަތެއްގެ ޑިޒައިން ނިމި އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި މީގެ ތެރެއިން 49 މަޝްރޫއެއް ނިމިފައިވާއިރު ހަ މަޝްރޫއެއްވަނީ ހުއްޓިފައިއެވެ.

މިއަދު އާންމު ކުރި ތަފާސް ހިސާބުގައި ބުނެފައިވާ އެއްވެސް މަޝްރޫއެއްގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

މި މަޝްރޫއުތަކުގެ ތަފާސް ހިސާބުތައް އާއްމު ކުރުމާއި އެކު އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި މަސައްކަތް ތައް ދައްކުވައިދޭ ފޮޓޯ ހިމެނޭ ގިނަ ޓުވީތުތަކެއް ކުރަން ފަށައިފައެވެ.

ސޯޝަލް މީޑިއާގައި މި ސަރުކާރުގެ މަޝްރޫއުތައް ރައްޔިތުންނަށް ބުނެދިނުމުގައި އިއްޔެއިން ފެށިގެން އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގެންނަވާ ބޭފުޅުން އުޅުއްވަނީ އަވަދި ނެތި އެވެ. އެއީ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމްއިން ބޭއްވި ޖަލްސާއަށް ގިނަ ބަޔަކު ގޮސްފައިވާތީ ސަރުކާރުން ކަންތައްތަކެއް އެބަ ކޮށްދޭކަން ބުނެދިނުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް