މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އިއްޒުއްދީން ސަކޫލުގައި އިއްޔެ ހަވީރު ބޭއްވި މި ޖަލްސާގައި އެ އެސޯސިއޭޝަންގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2019 ވަނަ އަހަރުގެ މާލީ ބަޔާން އަދި އަހަރީ ރިޕޯޓް އިއްވުމާއި ފާސްކުރުން ކުރިއަށް ގެންދިޔަ އެވެ.
އިއްޔެގެ މި ގަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ރައީސް ގެ އަނބިކަނބަލުން މެޑަމް ފަޒްނާ ވަނީ ކ. މާފުށީ ސްކޫލު ގައިޑް ލީޑަރުންނަށް ހަނދާނީ ފިލާ އަދި ގަރލް ގައިޑް ލީޑަރުންނާއި އެގްޒެކެޓިވް ކޮމެޓީއަށް ވޮރަންޓް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ ކޮމެޓީ މެންބަރުންނަށް ސެޓްފިކެޓް ހަވާލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް