އެޖެންންޑާ 19 ގައި ދަރަނި ވެސް ރަނަށް ބަދަލުވެ ނިމުނީތޯ؟: ސައީދު

އިންޑިއާގެ އެހީއާއެކު ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރަކަށް ވެގެން ގޮސްފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދ...

01 Mar 2020 | 06:08

އިންޑިއާގެ އެހީއާއެކު ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރަކަށް ވެގެން ގޮސްފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ގުޖުރާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮންފަރެންސްއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ޗައިނާއިން އަޅާފައިވާ ބްރިޖުގެ އެހީ ނަޝީދު އަބަދުވެސް ފާހަގަ ކުރަނީ ރާއްގޭގައި ޗައިނާ އިން އަޅުވާފައި އޮތް ދަރަނީގެ ދަންތުރައެއްގަ ގޮތުގަ ކަމަށެވެ.

"އިންޑިއާގެ މަޝްރޫއުތައް ރާއްޖޭގައި ހިންގަނީ ދެފުށް ފެންނަ ގޮތަކަށް، އެނގޭ ކޮން ކަމެއްކަން ހިނގަނީ، މަޝްރޫއުގެ އަގު އެންމެންނަށް އެނގޭ، އިންޑިއާގެ މަޝްރޫއުތައް އިންޑިއާ ސަރުކާރުން ޓެންޑާ ކުރަނީ ޓްރާންސްޕޭރެންޓްކޮށް، އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރައަކަށް ނުވޭ، އަހަންނަށް އިންޑިއާ ކަމުދޭ،" ނަޝީދު ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވާ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެޖެންންޑާ 19 ގައި ދަރަނި ވެސް ރަނަށް ބަދަލުވެ ނިމިފައިވާ ކަމަށެވެ. އަދި އެ ސުވާލު އޭނާ ވަނީ ސަރުކާރަށް އަމާޒު ކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް އެ ބައްދަލުވުމުގައި އިންޑިޔާ އަށް ތައުރީފުކޮށް ނަޝީދު އެތައް ވާހަކަ އެއް ދައްކަވާފައި ވެއެވެ. ނަޝީދު ވިދާޅުވީ އިންޑިޔާއިން އަބަދުވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ސުޕަ ޕަވާ، އަށް އިހްތިރާމަ ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް