ބޮލީވުޑްގައި މަސައްކަތް ކުރާ ތަރިންގެ ތެރޭގައި ހޮލިވުޑްގައި މަސައްކަތް ކުރަން ބޭނުންވާ ވަރަށް ގިނަ ތަރިން ހިމެނެ އެވެ.
މިހާތަނަށް ހޮލީވުދްގައި މަސައްކަތް ކޮށްފައިވާ ބޮލީވުޑް ތަރިންގެ ތެރޭގައި ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިން ހިމެނެ އެވެ. މިފަހަރު އެފަދަ ފުރުސަތެއް ލިބޭނެ ކަމުގެ އުންމީދުގައި ހުރީ ރިތިކް ރޯޝަން އެވެ.
މިހާތަނަށް ކެރިއަރުގައި ކާމިޔާބުު ފިލްމުތަކެއް ކުޅެފައިވާ ރިތިކްއަށް ހޮލީވުޑުން ފުރުސަތު ލިބެން ދެން މާ ދުވަހެއް ނުނަގާނެ ކަމަށް ވެއެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ވަނީ އެމެރިކާގެ ކެލިފޯނިއާގެ އެޖެންސީއަކާއި އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި އެވެ.
މި އެއްބަސްވުންތަކުގެ ދަށުން ރިތިކް ހޮލީވުޑުން ފެނިގެންދާނެ ފުރަތަމަ ފިލްމު ކަނޑައެޅުމުގެ މަސައްކަތް ކުރާނެ އެވެ. އެކަން އެ އެޖެންސީން ކުރަމުންދާކަން ރިތިކްގެ މެނޭޖަރު ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ.
ރިތިކް އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ސުޕަ 30" އާއި "ވޯ" އިންނެވެ. އެ ދެ ފިލްމް ވެގެންދިޔައީ ސުޕާ ހިޓް ދެ ފިލްމަށެވެ. ދެން އެންމެ އަވަހަށް ރިތިކް ފެނިގެންދާނީ އޭނާގެ ބައްޕަ ރާކޭޝް ރޯޝަންގެ "ކްރިޝް 4" ން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް