ނަހުލާގެ ޖަގަހައަށް ގެއްލުންދީފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ވިލިމާލެ ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓް ނަހުލާ އަލީގެ ކެމްޕޭނު ޖަގަހައަށް ބަޔަކު ގެއްލުން ދީފި...

01 Mar 2020 | 02:37

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ވިލިމާލެ ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓް ނަހުލާ އަލީގެ ކެމްޕޭނު ޖަގަހައަށް ބަޔަކު ގެއްލުން ދީފިއެވެ.

އެގޮތުން ރޭގެ ދަންވަރުގެ ވަގުތެއްގައި ބަޔަކު ވަނީ އެ ޖަގަހައިގެ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލާފައެވެ.ފުލުހުންއަންނަނީމިކަންތަހުގީގުކުރަމުންނެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ނަހުލާ ވިދާޅުވީ ކޮންމެ ބަޔަކު ކުރި ނަމަވެސް، ކޮށްފައި އެވަނީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"ކުރާ ފުރައްސާރައަކަށް، ރައްދުކުރާ ދެރަ ބަހަކަށް، ދައްކަން މަސައްކަތްކުރާ ބިރަކަށް އިރާދަކުރެއްވިއްޔާ ފަހަތަށް ނުޖެހޭނަން" ނަހުލާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މާތް ﷲގެ ވާގިފުޅާއެކު މި އިންތިހާބު ކާމިޔާބުކުރާނީ ޕީޕީއެމްއިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް