އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ އެމްޑީޕީ ހަރުގެއަށް ކޯޓު އަމުރަކާއި އެކު ފުލުހުން ވަދެއްޖެ އެވެ.
ފުލުހުން ބުނީ ހ. ވެޔޮވިލާގެ ބަލާ ފާސްކޮށްފައިވަނީ ބޭރުގެ އިއްޒަތްތެރިއެއްގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް އަމަލުތައް ރާވަމުންދާކަމުގެ ހުމަތުގައި ކަމަށެވެ. ފލުހުްނގެ ތަރުޖަމާނު އަހުމަދު ޝިފާން މިރޭ މީޑިއާގައި ވިދާޅުވީ އެ މައްސަލައިގަ ބަލާ ފާސްކުރަމުންދަނީ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ނޫން ކަމަށެވެ.
https://twitter.com/PoliceMv
ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އެމްޑީޕީގެ ހަރުގެ އާއި ހަރުގޭގައި ތިބި މީހުންނާއި ހަރުގެ ހިންގާ އިމާރާތަށް ނިސްބަތްވާ މީހުން ބަލާ ފާސްކުރުމަށެވެ. ކޯޓު އަމުރު ނެރެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށް ބުނެފައިވެ އެވެ.
ފުލުހުން އެތަން ބަލާ ފާސްކުރި އިރު ނޫސްވެރިންވެސް އެ ސަރަހައްދަށް ވަނުން ވަނީ މަނާ ކޮށްފައި އެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން އެއްވެފައި ތިއްބެވެ..
ފުލުހުން އެތަނަށް ވަދެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައި ވެ އެވެ. އޭގެ ތެރޭގައި ހަރުގޭގައި ބޭނުން ކުރާ ދިދަ ތަކާއި ޕޯސްޓަރުތަކާއި ބެނާ ހަދަން ބޭނުން ކުރާ ފޮތިތަކެއް ހިމެނެ އެވެ.
އެމްޑިޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅޫވީ ފުލުހުން އެ ތުހުމަތު ކުރި އެއްވެސް އެއްޗެއް ހަރުގެއިން ފެނިފައި ނުވާ ކަމަށެވެ. ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނޭ ބެނާތަކާއި ދިދަ ތަކަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިންގަިއ ބޭނުން ކުރުމަށް ތައްޔާރު ކުރަުންދާ ސާމާނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ހަރުގެއަށް ފުލުހުން މިރޭ ވަދެ ފާސްކޮށްފައިވާއިރު ފުލުހުން މިއަދު ވަނީ ސައުދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގެންނަވާ ދަތުރުފުޅާއި ދިމާކޮށް ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ުނެ ބަޔާނެއް ނެރެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް