ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ކުރާ މަސައްކަތުގެ ތެރެއިން ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އ...

01 Mar 2017 | 09:13

ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ކުރާ މަސައްކަތުގެ ތެރެއިން ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާންމުކޮށް ރިޕޯޓް ނެރެފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ރިޕޯޓް ނެރެދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.

މި ރިޕޯޓުގައި ހިމެނިފައިވަނީ 2015 އަދި 2016 ވަނަ އަހަރު ރާއްޖޭގެ 112 ސްކޫލެއްގެ ގްރޭޑް 4 އަދި 7 ގެ 5441 ދަރިވަރުންނަށް ހިސާބު، އިގިރޭސި އަދި ދިވެހި މާއްދާއިން ހިންގުނު ނޭޝަނަލް އެސެސްމަންޓުގެ އިމްތިހާނުތަކުގެ ނަތީޖާ އެވެ.

މި އިމްތިހާނުގެ ބޭނުމަކީ ގްރޭޑް ތިނެއް އަދި ހައެއް ނިންމި ދަރިވަރުންނަށް އެގްރޭޑް ތަކުގެ މުޤައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުން ކަމަށާއި މީގެ ސަބަބުން ތައުލީމީ ގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ދެނެގަތުމާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތައުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް ކުރަންވީ ކަންކަން ދެނެގަނެވޭނެ ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.

މި އެސެސްމެންޓުގައި ހިސާބު، އިގިރޭސި އަދި ދިވެހި މާއްދާ ގްރޭޑް ހަތަރެއް އަދި ހަތެއްގެ ގެ ދަރިވަރުންނަށް ހާސިލްވެފައިވާ މިންވަރު ދެނެގަތުމުގެ އިތުރަށް، ދަރިވަރުން ހޯދާ ނަތީޖާ އަށް އަސަރުކުރާފަދަ ބައެއް ކަންތަކަށް ހޯދައި ދަރިވަރުންގެ ނަތީޖާއާ މިފަދަ ކަންތަކާ ގުޅުން ހުރި މިންވަރު ހޯދިފައި ވާކަމުގައިވެސް އެ މިނިސްޓްރީން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް