ރައްކާ ރޯޑް ޝޯ، މި އަހަރު ހދ ކުޅުދުއްފުށީގައި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނެގެހެއްޓުމަށްޓަކައި  ރައްޔިތުންނަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ޓްރެފިކް މެނޭޖްމަ...

01 Mar 2017 | 08:00

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނެގެހެއްޓުމަށްޓަކައި  ރައްޔިތުންނަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ  ރައްކާ ރޯޑުޝޯ  ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖައްސައި އެ ޕްރޮގްމާގުގެ ސްޕޮންސަރޝިޕް އެގްރީމަންޓުގައި އެލައިޑް އިންޝުއަރެންސްއާއެކު ސޮއިކޮށްފިއެވެ.

އިއްޔެ ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ސަރވިސް ޑެވެލޮޕްމަންޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއި ކުރެެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ރިޔާޒްއެވެ.

ރައްކާ ރޯޑް ޝޯވއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަޤުޞަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އެލައިޑް އިންސްއަރެންސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި މިޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ މާލެ، އައްޑޫ ސިޓީ ގެ އިތުރުން ލ. އަތޮޅުގައެވެ.

މި ޕްރޮގްރާމު ރާވާފައިވަނީ ސްކޫލް ކުދިންނަށާއި ބެލެނިވެރިން އަދި އާންމުކޮށް ހުރިހާ ރައްޔިތުންނަށްވެސް ޓްރެފިކާއި ގުޅުންހުރި ހޭލުންތެރިކުރުވުމުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތަށް ކަމަށާއި އެގޮތުން ވަކި ވަކި މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ލީފްލެޓްސް ތަކާއި ޕޯސްޓަރު ފަދަ ތަކެތީގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދެވޭ ކަމަށާއި އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއްވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ކަމުގައި ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް