މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ސީއީއޯގެ މަގާމަށް މޯލްޑިވްސް ރޯޑްޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރުޑީސީ) މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ހަމަޖައްސައިފި އެވެ.
ހަލީމްގެ ބަދަލު އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލެވެ. ނިމާލް އެންމެ ފަހުން ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ފެނަކައިގެ އެމްޑީޕީގެ މަގާމުން އޭނާ ވަކި ކުރެއްވީ ޑޮލަރުގެ ގަންނަން އެތައް މިލިއަން ރުފިޔާއެއް އަމިއްލ ކުންފުންޏަކަށް ދީ އެ ޑޮލަރު ފެނަކަށް ނުލިބުނު މައްސަލައެއް ފެންމަތިވި ދުވަސްވަރު އެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހަމަޖެއްސެވީ ރޭގެ ވަގުތެއްގައި އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައި މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ އާއިލީ ވިޔަފާރިއަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
ޖުނައިދު އެމްޕީއެލްއިން އިސްތިއުފާދެއްވާފައިވަނީ ޕީޕިއެމްގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް އާއި ދެމެދު ހިނގި މުއާމަލާތަތްކަކާއި ގުޅިގެން ހިތް ހަމަނުޖެހުން ފާޅުކޮށް ދެ ބޭފުޅުން ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް