މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު، އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު - ފޮޓޯ: އެމްޑަބްލިއުއެސްސީ
ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ
މަޝްރޫޢު އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ
ފަރާތުން މި މަޝްރޫޢު މިއަދު އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ 180
ދުވަހުގެ ތެރޭގައި ނިންމާގޮތަށް 17،675،432.34 ރުފިޔާއަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް
ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް
މިނިސްޓަރ ހަސަން ރަޝީދު އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ
މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އެވެ.
މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައި ކުރިން
ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބަކީ ހުރި މަސައްކަތްތައް
ނިންމައި ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުން ހިމެނެއެވެ. އެގޮތުން މި މަޝްރޫޢުގެ
ދަށުން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުންއާބާދުވެފައިވާ
ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ
އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން
ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް