ފުރަތަމަ ދުވަހު ކޯވިޑް-19 ވެކްސިން ދިނީ 282 މީހުންނަށް

ކޯވިޑް-19 ވެކްސިން ޕްރޮގްރާމް ފެށި ފުރަތަމަ ދުވަހު 282 މީހުންނަށް ކޮވިޝީލްޑް ވެކްސިން ދީފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ރާއްޖޭގައި މިއަދު ކޯވިޑް ވެކް...

01 Feb 2021 | 18:58

ކޯވިޑް-19 ވެކްސިން ޕްރޮގްރާމް ފެށި ފުރަތަމަ ދުވަހު 282 މީހުންނަށް ކޮވިޝީލްޑް ވެކްސިން ދީފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި މިއަދު ކޯވިޑް ވެކްސިން ދޭން ފެށީ މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި އެވެ. މި ތިން ސިޓީގެ އަށް ހޮސްޕިޓަލެއްގައި ކޯވިޑް ވެކްސިން ދެ އެވެ.

މިއަދު ކޯވިޑަށް ހޮސްޕިޓަލްތަކުން ވެކްސިން ދީފައިވާ އަދަދުތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. އެޗްއީއޯސީން ބުނީ 282 މީހުންނަަށް ވެކްސިން ދީފައިވަނީ މާލޭގެ ހަ ހޮސްޕިޓަލަކާއި އަތޮޅު ތެރޭގެ ދެ ހޮސްޕިޓަލަކުން ކަމަށެވެ.

މިއަދު ކުރިން އާންމު ކުރި މައުލޫމާތައް ބަލާއިރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން 40 މީހަކަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވެސް 40 މީހަކަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ.

ސޯޝަލް ސެންޓަރުގައި މިއަދު 35 މީހަކަށް ކޯވިޑް ވެކްސިން ދިނެވެ. އަދި އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުން 40 މީހުންނަށް ކޯވިޑް ވެކްސިން ދިން ކަމަށެވެ.

މާލޭގައި އިތުރަށް ކޯވިޑް ވެކްސިން ދެނީ ޓްރީ ޓޮޕް ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ސެނަހިޔަ މިިލިޓަރީ ހޮސްޕިޓަލް އެވެ.

ރާއްޖޭގައި ދެމުންދާ ކޮވިޝީލްޑ ވެކްސިން އަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިން އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި އެސްޓްރަޒެނެކާ ކުންފުނީގެ ވެކްސިނެކެވެ.

އިންޑިއާއިން ވަނީ ކޮވިޝީލްޑުގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް