ކޯވިޑަސް ޕޮސިޓިވް އަދަދު 200ން މައްޗަށް، ފަރުވާދޭ މީހުން 2،000 އާ ގާތަށް!

އިތުރު 215 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ކޯވިޑް ޖެހިފައިވަނީ މާލެއިން 159 މީހުންނާއި ރިސޯޓު ތަރައްގީ ކުރަމުންދާ ރަށްރަށުން27 މީހެކެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 20 މީހު...

01 Feb 2021 | 17:28

އިތުރު 215 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ކޯވިޑް ޖެހިފައިވަނީ މާލެއިން 159 މީހުންނާއި ރިސޯޓު ތަރައްގީ ކުރަމުންދާ ރަށްރަށުން27 މީހެކެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 20 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން އަށް މީހުންނާއި ސަފާރީތަކުން މީހެކެވެ.

މިއދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،126 ސާމްޕަލެވެ.

އެޗްއީއޯސީން ބުނީ މިވަގުތު 1،807 މީހަކަށް ކޯވިޑް ޖެހިގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން 184 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 14،190 މީހުން ވަނީ ރަގަޅުވެފައި އެވެ. ބަލީގައި މަރުވެފައިވަނީ 52 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 16،056 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް