ކުރީގެ ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ތަރި ސްޓެފަން ޖެކްސަން އިސްލާމްވެއްޖެއެވެ.42 އަހަރުގެ ޖެކްސަން އަކީ، ކުރީގެ އެންބީއޭ ޗެމްޕިއަނަރެކެވެ.
މަސްޖިދު އިބްނު އުތައިމީންގައި އިސްލާމްވި ޖެކްސަން، އޭނާ އިސްލާމްވި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައި ވަނީ، މިއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.
ޖެކްސަން ބާސްކެޓް ކުޅުމުން ރިޓަޔަރ ވެފައި ވަނީ2015 ވަނަ އަހަރުއެވެ. ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަނަށް14 ސީޒަންގައި ކުޅެފައިވާ ޖެކްސަން ވަނީ 2003 - 2002 ގެ އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.
ޖެކްސަން ބޮޑުވެފައިވަނީ އޭނާގެ މަންމަ ކައިރީގައި ހުރެއެވެ. އުމުރުން16 އަހަރުގައި އޭނާގެ އެއްބަނޑު ކޮއްކޮގެ އަނިޔާވެރި ގޮތަކަށް މަރާލާފައި ވުމާގުޅިގެން އެކަމުގެ އަސަރު ޖެކްސަންއަށ ވަރަށް ބޮޑަށް ކޮށްފައިވެއެވެ.
މިހުރިހާ ކަމަކާ ކުރިމަތިލައި، ޖެކްސަން ވަނީ ބާސްކެޓްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް