މިއަހަރުގެ ފުރަތަމަ މަހުގައި 92،103 ފަތުރުވެރިން ރާއްޖެ އަހިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ޖަނަވަރީ މަހު ފަތުރުވެރިން ރާއްޖެ އަހިސްފައިވާ އަދަދުތަކަށް ބަލާއިރު، އެންމެ ގިނައިން ޒިޔާރަތް ކޮށްފައި ވަނީ ޖަނަވަރީ3 ވަނަ ދުވަހުއެވެ. އެއީ4196 މީހުންނެވެ. އަދި އެންމެ މަދުން އައިސްފައިވާ ދުވަސް ކަމަށްވާ، ޖަނަވަރީ 20 ވަނަ ދުވަހު 1872 ފަތުރުވެރިން ރާއްޖެ އަހިސްފައި ވެއެވެ. އެހެންކަމުން ޖަނަވަރީ މަހުގެ ހިސާބުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް 2971 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާނެއެވެ.
ނަމަވެސް މިއީ2020 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާ ބަލާއިރު 47 އިންސައްތައިގެ ދަށްވުމެކެވެ.2020 ވަނަ އަހަރުގެ ޖަނަވަރީ މަހު 173874 ފަތުރުވެރިން ރާއްޖެ އަހިސްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަހިސްފައިވަނީ ރަޝިޔާއިންނެވެ. ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 22.8 އިންސައްތަ އަކީ ރަޝިޔާ މީހުންނެވެ.
ރަޝިޔާގެ އިތުރުން ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަހިސްފައި ވަނީ އިންޑިޔާ އިންނެވެ.
ރިސޯޓްތަކުގެ އިތުރުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައި ވަނީ ގެސްޓްހައުސް ތަކުގައެވެ. އެގޮތުން ޖަނަވަރީ މަސް ނިމުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 324 ގެސްޓްހައުސއަށް ފަތުރުވެރިން އަހިސްފައިވެއެވެ.
2021 ޖަނަވަރީގައި ރާއްޖޭގެ އެންމެގިނަ ގެސްޓްހައުސް ހިންގާފައި ވަނީ ކ.އަތޮޅުގައެވެ. އެއ 138 ގެސްޓްހައުސް އެވެ. ދެވަނައަށް އއ. އަތޮޅުގައި 75 ގެސްޓްހައުސް ހިންގާފައި ވާއިރު، އދ އަތޮޅުގައި 39 ގެސްޓްހައުސްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް