ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް ދާކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ގައު އެތުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން، 17،790 އަކަ މީޓަރުގެ 9 މަގެއް ތަރައްޤީ ކުރެވިގެން ދާނެއެވެ. އަދި ފައިމަގުގައި ހިނގޭ ގޮތަށް 6923 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއއެކު މަގުގައި ދުއްވޭ ގޮތަށް 17،790 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، ފެންހިންދާ ނިޒާމެއް ޤާއިމުކުރެވިގެން ދާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 2021 ޖަނަވަރީ 27 ގައި ވަނީ އެ ރަށުގެ މަގުތަކުގައި ތާރުއަޅާ ނިމިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް