ގާނޫނުން މަޖުބޫރުކޮށްގެން ނޫނީ އިންޑިއާގައި ހަދާފައި ހުރި ކޯވިޑް ވެކްސިން ނުޖަހާނަން: އަޒީބެ

ރާއްޖޭގައި މިއަދު ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ނުޖަހާނެ ކަމަށް މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެ އެވެ. ކޮވިޝީލްޑް...

01 Feb 2021 | 11:29

ރާއްޖޭގައި މިއަދު ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ނުޖަހާނެ ކަމަށް މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިންގެ 100،000 ޑޯޒު އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އެވެ.

އަޒީބެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ގާނޫނުން މަޖުބޫރު ކޮށްގެން ނޫނީ އޭނާ ވެކްސިން ނުޖަހާނެ ކަމަށެވެ. އަޒީބެ ވިދާޅުވީ މީޑިއާގައި ކިތަންމެ ވަރަކަށް އެ ވެކްސިން ޕްރޮމޯޓު ކުރިޔަށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އިތުރު ތަފްސީލް ހާމަ ކުރައްވާފައެއް ނުވެ އެވެ. އަދި އިންޑިއާގައި އުފައްދާފައިވާ ކޯވިޑް ވެކްސިނެއް ނުޖަހާނެ ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

އަޒީބެ ކޮވިޝީލްޑް ވެކްސިން ނުޖައްސަވާނެ ކަމަށް ވިދާޅުވި އިރު އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވަނީ ކޮވިޝީލްޑު ވެކްސިން އަކީ ޑަބްލިއުއެޗްއޯއިން އަދި ހުއްދަ ދީފައިވާ ވެކްސިނަކަށް ނުވާތީ މުޒާހަރާ ކޮށްފައި އެވެ. އަދި އިދިކޮޅުން ބުނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރީ ވެކްސިން ޑޯޒުތަކަކީ އަޖުމަބެލުމުގެ ގޮތުން ސީރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިން ޑޯޒުތަކުގުގެ ތެރެއިން ބައެއް ކަމަށެވެ.

ރާއްޖޭގައި މިއަދު ވަނީ ކޯވިޑް-19 އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައި އެވެ. މި ޕްރޮގްރާމްގެ ދަށުން ޖަހަމުންދާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ވަގުތީ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އެ ހުއްދަ ދިނީ އެ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ކުންފުންޏެއްގައި އުފައްދާފައިވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް