ގއ. ދެއްވަދޫ މޮނިޓަރިން ގެ ހާލަތުން ނަގައި، ޢާންމު ޙާލަތަށް ގެނެސްފި އެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުން އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މަހު ހަތް ވަނަ ދުވަހު އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެރަށް މޮނިޓަރިން ހާލަތުން ނެގީ އިތުރަށް މޮނީޓަރިން ހަލާތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
ތަފާސް ހިސާބުތަކަށް ބަލާ އިރު، އެރަށުގެ ކްލަސްޓަރއިން 95 އަށްވުރެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ދެއްވަދުއިން ޕޮޒިޓިވީ 69 މީހަކު ވެސް ހިމެނެ އެވެ.
އެރަށު ކައުންސިލުން ބުނީ އޭގެ ތެރެއިން ބައެއް މީހުން މިހާރު ބަލިން ފަސޭހަވެފައިވާ ކަމަށާއި ބަލީގެ ހާލަތު ގޯސްވެފައި ވަނީ، ވިލިނގިލީ ކޮވިޑް ފެސިލިޓީގައި އަދިވެސް ފަރުވާ ދެމުން އަންނަ އުމުރުން 79 އަހަރުގެ މީހާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް 15،800އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 14،139 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. ބަލީގައި 52 މީހަކު ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް