އުތުުރުގެ 3 އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް 157 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ޙަވާލުކޮށްފި

އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތް 157 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފި އެވެ. މިކަމުގެ ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގައި...

01 Feb 2021 | 09:59

އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތް 157 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފި އެވެ.

މިކަމުގެ ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ފިޔަވަހީގެ ޖުމްލަ އިންވެސްޓްމެންޓަކީ 157 މިލިއަން ރުފިޔާ ކަމަށްވާ އިރު، އޭގެތެރެއިން52 މިލިއަން ރުފިޔާއަކީ މި މަސައްކަތް ފެށުމުގެ ގޮތުން ސަރުކާރުން އިންވެސްޓް ކުރުމަށް އެއްބަސްވެފައިވާ ޢަދަދެވެ.

މި ޚިދުމަތުގެ ފަހުމުނާމައިގާ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އިމާދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ޝާހިދު ޙުސައިން މުސާ އެވެ.

މި ފަހުމުނާމާގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހއ، ހދ، ށ އަދި ނ އަތޮޅުގައި ހެޔޮ އަގެއްގައި ޒަމާނީ ފެންވަރުގެ ހައި-ސްޕީޑު ފެރީގެ ޚިދުމަތް މިއަހަރުގެ ނޮވެމްބަރު މަހު ފެށޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް