ފިރިމީހާ އެދުންވެރިކަން ފުދުން ލަސްކުރެވޭނެ ގޮތްތަކެއް ޑރ. އިޔާޒް ބުނެދެއްވައިފި

ޖިމާއުވާއިރު ފިރިހެން މީހާ އެދުން ފުދުން ލަސްކުރެވޭނެގޮތްތަކެއް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ބުނެދެއްވައިފިއެވެ. ޑރ. އިޔާޒް މި ގޮތްތައް ބުނެދެއްވާފައިވަނީ އިސްލާމިކް ނޮލެޖް ވައ...

01 Feb 2021 | 09:08

ޖިމާއުވާއިރު ފިރިހެން މީހާ އެދުން ފުދުން ލަސްކުރެވޭނެގޮތްތަކެއް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ބުނެދެއްވައިފިއެވެ.

ޑރ. އިޔާޒް މި ގޮތްތައް ބުނެދެއްވާފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސުވާލުގައި ބުނެފައިވަނީ ފިރިހެން މީހާގެ އެދުންވެރިކަން ވަރަށް އަވަހަށް ފުދޭކަމަށާއި ލަސްކުރެވޭނެ ގޮތެއް ބޭނުންވާކަމަށެވެ.

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ޖިމާއުވުމުގެ ކުރިން ކުޑަގިފިލި ދިއުން، ވުލޫ ކުރުން، ލޯބިކޮށް އަންބިމީހާ ތައްޔާރުވުމުން ޖިމާއުވާން ފެށުން އަދި ޖިމާއުވުމުގެ ތެރޭގައި އެހެން ކަމެއް ތެރޭގައި ހިޔާލުގެން ގެންގުޅުން އެއީ ޖިމާއުވާއިރު ފިރިމީހާ އެދުންވެރިކަން އަވަހަށް ފުދުން ލަސްކުރުމަށް ކުރެވިދާނެ ކަންކަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް