މިއަންމާގައި އަސްކަރީ ބަޣާވާތެއް ގެނެސް އަން ސަން ސޫޗީ ހައްޔަރު ކޮށްފި

މިއަންމާގައ އަސްކަރީ ބަޣާވާތެއް ގެނެސް އެ ގައުމުގެ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫޗީ ހައްޔަރު ކޮށްފި އެވެ. އަސްކަރިއްޔާއިން އެ ގައުމުގައި ބަޔާވަތް ކުރީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި މިއަންމާގެ ރިޔަސީ...

01 Feb 2021 | 08:39

މިއަންމާގައ އަސްކަރީ ބަޣާވާތެއް ގެނެސް އެ ގައުމުގެ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫޗީ ހައްޔަރު ކޮށްފި އެވެ.

އަސްކަރިއްޔާއިން އެ ގައުމުގައި ބަޔާވަތް ކުރީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި މިއަންމާގެ ރިޔަސީ އިންތިހާބުގެ ނަތީޖާ އާއި މެދު ހިތް ހަމަނުޖެހިގެންނެވެ. ބަޣާވާތް ގެނެސް އެ ގައުމުގައި ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.

އަދި ވެރިކަމުގެ ބާރުތަކާއި އަސްކަރިއްޔާއިން ވަނީ ހަވާލުވެފައި އެވެ. އެ ގައުމުގެ ސިފައިން ބުނެފައި ވަނީ ގައުމުގެ މިހާރުގެ ވެރިއަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށެވެ.

މިއަންމާގެ އިންތިހާބުގެ ނަތީޖާ އާއި މެދު އަސްކަރިއްޔާއިން ހިތްހަމަ ނުޖެހިގެން ބަޣާވާތް ގެނައި އިރު އެ އިންތިހާބުގައި ސޫޗީ ނިސްބަތްވެވަޑައިގެންނަވާ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) އިން ވަނީ މަޖިލީހުގެ 83 ޕަސެންޓު ގޮނޑި ކާމިޔާބު ކޮށްފައި އެވެ. ނަތީޖާ އާއި މެދު ހިތްހަމަ ނުޖެހިގެން ސިފައިން ވަނީ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅައިފަ އެވެ.

މިއަންމާގައި ގެނައި ބަޣާވާތާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން މިއަންމާގެ ބަގާވާތާއި ސޫޗީ ހައްޔަރު ކުރުމާއި ދެކޮޅަށް އަޑުއުފުލި ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެ އެވެ.

އެ ގައުމުތަކުން ވަނީ އަސްކަރިއްޔާއިން މިއަންމާގެ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށް ބުނެފައި އެވެ. އަދި ބަޣާވާތަށް ފަހު ހައްޔަރު ކުރި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ.

މިއަންމާގެ އިންތިހާބު ސޫޗީގެ ޕާޓީން ކާމިޔާބު ކުރި ނަމަވެސް އޭނާގެ ތާއީދު އަމިއްލަ ގައުމާއި ދުނިޔޭގައި ދަނީ ކުޑަވަމުންނެވެ. ސޫޗީގެ ތާއީދު ކުޑަވީ ރޮހިންޖަ މުސްލިމުންނާއި މެދު އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތަކަށް ސޫޗީ ތާއީދުކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާތީ އެވެ.

އިންތިހާބަކުން 2011 ވަނަ އަހަރު ސޫޗީގެ ޕާޓީ ވެރިކަމާއި ހަވާލުވުމުގެ ކުރިން އެ ގައުމުގައި އޮތީ އަސްކަރީވެރިކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް